ހާއްސަ އިނާމުތަކަކާއެކު ސަން މީޑިއާ ގްރޫޕުގެއާ ޕްރޮޑަކްޓް "ސަފުހާ"ރޭ ލޯންޗުކޮށްފިއެވެ. މި ޕްރޮޑަކްޓު ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ޜޭ ބޭއްވި ހާއްސަ ހަފްލާގައެވެ.

"ސަފުހާ" ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ސަން މީޑިއާ ގުރޫޕުގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ"ސަފުހާ"އަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ވުޖޫދުވި އަގުހުރި މަސައްކަތެއްކަމަށެވެ.

"މިއީ ވަރަށް ބުރަ މަސައްކަތެއް. ވަރަށް ގިނަ ބައެއްގެ މަސައްކަތުން ވުޖޫދުވި އަގުހުރި މަސައްކަތެއް. މީގެ ތެރޭގައި އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމް، ހާއްސަ ގޮތެއްގައި ސަން މީޑިއާގެ ޓެކްނިކަލް ޓީމް އަޅުގަނޑު ފާހަގަކޮށް މުޅި ޓީމަށާއި ސަން މީޑިއާގައި މަސައްކަތްކުރާ ހުރިހާ އެންމެންނަށް އަޅުގަނޑުގެ އިހްލާސްތެރި ޝުކުރާއި ލޯބި އަރިސްކުރަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މީގެ އިތުރުން އަޝްރަފް ވިދާޅުވީ ރޭ އިފްތިތާހު ކުރެވިގެން ދިޔައީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހިކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި"ސަފުހާ"ގެ ވާހަކަތައް ޑްރާމާގެ ގޮތުގައި އަޑުއެހޭނެ މަގުވެސް ފަހިވެގެންދާނެކަމަށެވެ.

ހަމައެއާއެކު ކުރިޔަށް އޮތްތަނުގައި ސަން މީޑިއާގެ އިތުރު އުފެއްދުންތައް ވަރަށް އަވަހަށް ތައާރަފްކުރެވޭނެކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ސަން މީޑިއާގެ އާ ވާހަަކަ ވެބްސައިޓް "ސަފުހާ"

"އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި ސަން ޓީވީ ވެސް އަޅުގަނޑުމެން އުފަންކުރުވާނަން،"

"އަޅުގަނޑުމެން އޭގެ ޕްރޮގްރާމްތައްވެސް ތިޔަބޭފުޅުންނާ ހަމައަށް ގެނެސްދޭނަން. މި އުންމީދާއެކުގައި އަޅުގަނޑުމެން މަސައްކަތްކުރަމުން މި ދަނީ." ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ސަފްހާ'' ލޯންޗުކުރުމަށް ރޭ ބޭއްވި ހަފްލާގައި ބެލުންތެރިންނަށް ހާއްސަކޮށްގެން ލަކީ ޑްރޯއެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ތިން ނަސީބުވެރިޔަކަަށް އަގުހުރި އިނާމުތަކެއްވެސް ވަނީ ލިބިފައެވެ.

ސަން މީޑިއާގެ އާ ވާހަަކަ ވެބްސައިޓް "ސަފުހާ"

"ސަފުހާ"އަކީ "" ވުޖޫދުވީއްސުރެ ޝާއިއުކުރެވިފައިވާ ހުރިހާ ވާހަކައެއް އެއް ސަފުހާއަކުން ހޯދާ ކިޔާލެވޭނެހެން ތައްޔާރުކުރެވިފައިވާ ވެބްސައިޓެކެވެ.

އެގޮތުން މި ވާހަކަ ވެބްސައިޓުގައި 500 އަށްވުރެ ގިނަ ވާހަކަ ކިޔުންތެރިންނަށް ކިޔޭނެހެން ދޫކޮށްލެވިފައި ހުންނާނެއެވެ.

މި ވެބްސައިޓުގައި ރާއްޖޭގެ މަޝްހޫރު އެތައް ލިޔުންތެރިއެއްގެ ވާހަކަވެސް ޝާއިއުކުރެވިފައި ހުންނާނެއެވެ.