04 Aug 2021, 23:07
އުރީދޫގެ އަތޮޅު ދުވުމުގެ ފޮޓޯ އާއި މެޑަލް ޝޯޝަލް މީޑިއާގައި ހިއްސާކޮށްގެން ހިނާމު ލިބޭގޮތަށް ކުރިއަށް އެބަދެއެވެ.
އުރީދުއިން ކޮށްފައިވާ ޓްވީޓް އެއްގައި ބުނެފައިވަނީ އުރީދޫ ޓެގްކޮށް ސޯޝަލް މީޑިއާއަށް ޕަބްލިކް އެކައުންޓެއް މެދުވެރިކޮށް OoredooAtholhuDhuvun# ބޭނުންކޮށްގެން ފޮޓޯތައް ހިއްސާކުރަމުން ގެންދިއުމަށެވެ.
މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އުރީދު އަތޮޅު ދުވުމަކީ އެކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
އަތޮޅު ދުވުމުގެ ފޮޓޯ ހިއްސާކޮށްގެން ހޮވޭ ދެ ނަސީބު ވެރިއަކަށް މަމަކް އިން ކެއުމެއް ލިބޭ އިރު މެޑަލް ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބު ދިމާވާ ތިން ފަރާތަކަށް ރޭޖް-ހިޓް ޖިމުން އެއް މަހުގެ މެންބާޝިޕް ހިލޭ ލިބެއެވެ.