04 Aug 2021, 22:16
ރާއްޖެއިން މިއަދު އިތުރު 135 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 23 މީހުންނާއި އަތޮޅުތަކުން 100 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 14 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 77,895 އަށް ވަނީ އަރާފައެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2,566 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 17 މީހުންނަށެވެ.
މިއަދު ބަލިން ރަނގަޅުވީ 30 މީހުންނެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 75،095 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.