ޕާކިސްތާނުގައި އެއް ދުވަސްތެރޭ ކޮވިޑް-19 ވެކްސިންގެ އެއް މިލިއަން ޑޯޒް ދީފިއެވެ.

ޕާކިސްތާނުގައި އެއްދުވަސްތެރޭ ވެކްސިން ދިން މީހުންގެ އަދަދު މިހާ މަތިވެފައިމިވަނީ އެ ގައުމުގެ ފިހާރަތަކާއި ހޮސްޕިޓަލްތަކާއި ސުކޫލްތަކަށް ކޮވިޑް ވެކްސިން ނުޖަހާ މީހުން ވަނުން މަނާކުރުމާއެކުއެވެ.

ނަމަވެސް ވެކްސިން ޖެހިކަމުގެ "އީޕޭޕާ" ހޯދަން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވެފައިވާއިރު ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން އެގައުމުގެ ޑާޓާބޭސް ގައި އަދިވެސް ހިމެނިފައެއް ނުވެއެވެ.

އޭގެއިތުރުން ވެކްސިން ޖަހަން ގިނަ މިހުން ކިޔުގައި ތިބި އިރު ވެކްސިން ސަޕްލައިގެ މައްސަލަތަކަކާވެސް ވަނީ ކުރިމަތިލާންޖެހިފައެވެ.

ކޮވިޑް-19ގެ ވެކްސިން ޕާކިސްތާނުގައި 6.9 މިލިއަން މީހުން މިހާރުވަނީ ފުރިހަމަ ކޮށްފައެވެ.