ޖަރުމަންގެ ބަޔާ ލެވަކޫސަންގެ ވިންގާ ލެއޮން ބެއިލީ 30 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރު ޖަރުމަން ލީގުގައި ކުޅެފައިވާ ބެއިލީ ގެނައުމަށް މީގެ ކުރިންވެސް ބައެއް ޓީމުތަކުން ވަނީ މަސައްކަތް ކޮށްފައެވެ.

ލެވަކޫސަންއަށް 159 މެޗު ކުޅެ 39 ގޯލު އޭނާ ވަނީ ޖަހާފައެވެ. އުމުރުން 23 އަހަރުގެ ބެއިލީ ވަނީ އުފަން ގައުމު ޖެމެއިކާގެ ގައުމީ ޓީމަށް 10 މެޗު ކުޅެ ގޯލެއް ކާމިޔާބުކޮށްދީފައެވެ.

ދެ ކްލަބުން އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަން އެސްޓަން ވިލާއިން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ކުރިއަށް އޮތީ މެޑިކަލްގެ ކަންތައް ނިންމާލުމެވެ.

ބެއިލީގެ ސޮއި ވިލާއިން ހޯދި އިރު އެޓީމުން ވަނީ ނޯވިޗްގެ އިމޯ ބުންޑިއާ ވެސް އާ ސީޒަނަށް ގެނެސްފައެވެ. ވިލާއިން އަންނަނީ އެކްލަބުގެ އެޓޭކު ވަރުގަދަ ކުރަން ބޮޑު ހަރަދެއް ކުރަމުންނެވެ.

ވިލާއިން މިފަދަ ބޮޑު ހަރަދުތަކެއް ކުރާނީ އެކްލަބުގެ ކެޕްޓަން އަދި އެންމެ މުހިންމު ކުޅުންތެރިޔާ ޖެކް ގްރީލިޝް މެންޗެސްޓާ ސިޓީއަށް ބަދަލުވާ އަޑުތަށް ގަދަވެފައި ވަނިކޮށެވެ.

މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ތެރޭގައި ސިޓީއިން ގްރީލިޝްގެ ޓްރާންސްފާ ނިންމާނެއެވެ.