ރާއްޖެއިން މިއަދު އިތުރު 125 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 91 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން އަށް މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 77،758 އަށް ވަނީ އަރާފައެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2459 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 16 މީހުންނަށެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 75،065 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.