ހުނަރުވެރި ޒުވާން ޓޭބަލްޓެނިސް ތަރި ފާތުމަތު ދީމާ އަލީ ފޯޗުގަލްގައި ބާއްވާ ޓީޓީ މުބާރާތެއްގައި ބައިވެރިކުރަން ޓީޓީއޭއެމްއިން ނިންމައިފިއެވެ.

ދީމާ ބައިވެރިވާނީ ސެޕްޓެމްބަރު 18 އިން 22 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތް ސްޓާސް ކޮންޓެންޑާސް މުބާރާތުގައެވެ.

ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު "ސަން" އަށް ވިދާޅުވީ އެމުބާރާތުގައި ވާދަކުރާނީ 15 އަހަރާއި 19 އަހަރާއި ދެމެދުގެ ދުނިޔޭގެ ގަދަ 30 ކުޅުންތެރިން ކަމަށެވެ.

އަލީ ރަޝީދު އިތުރަށް ވިދާޅުވީ އެ މުބާރާތުގައި ދީމާ ބައިވެރި ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދީމާގެ ވޯލްޑް ރޭންކިން ހިފެހެއްޓުމަށް ކަމަށެވެ.

އޭޝިއާގައި ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ މުބާރާތްތަކެއް ކޮވިޑް-19 އާއި ގުޅިގެން ކެންސަލްކުރުމާއި ގުޅިގެން ވާދަވެރި މެޗުތައް ކުޅެ ދުނިޔޭގެ ރޭންކް ހިފެހެއްޓުމުގެ ގޮތުން ދީމާ މިމުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައިވާކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.

ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބާއްވާ މި މުބާރާތުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަންގައެވެ.

ދީމާ މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ސްރީ ލަންކާގައި އެގައުމުގެ ކުރީގެ ޓީޓީ ތަރި ރޯހަންގެ އިރުޝާދުގެ ދަށުންނެވެ.

ޕޯޗުގައި ބާއްވާ މުބާރާތަށް ފަހު އޮކްޓޯބަރު 10-16 އަށް އޮމާންގައި ކުރިއަށް ގެންދާ މުބާރާތެއްގައިވެސް ދީމާ ބައިވެރިވާނެއެވެ.