03 Aug 2021, 14:43
ކޮވިޑް-19 ޖެހިގެން ފުވައްމުލަކުން މީހަކު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ހެނދުނު 09:00 ގައި ކޮވިޑް ޖެހިގެން ފުވައްމުލަކު ހޮސްޕިޓަލުގައި އޮތް މީހަކު މަރުވެފައިވާ ކަމަށެވެ.
މަރުވީ އެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ކޮވިޑްގައި މިމަހު މަރުވި ފުރަތަމަ މީހާއެވެ. މިހާތަނަށް ރާއްޖެއިން 222 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.
ރާއްޖެއިން މިހާތަނަށް 77،633 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެ ތެރެއިން 74،928 މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.