ތުރުކީގައި މިހާރު ރޯވަމުންދާ އަލިފާން ހުއްޓުވުމަށް އެހީއަށް އެދި އެގައުމުން ހުށަހަޅައިފިއެވެ.

ދެކުނު ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި އަލިފާން ރޯވެ އެތަންތަނުގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރައި ގިނަ ގައުމުތަކުގެ މީހުންނަށްވަނީ ދިރިއުޅޭތަން ދޫކުރުމަށް މަޖުބޫރުވެފައެވެ.

އެގޮތުން އިޓަލީގެ ބީޗެއްގައި ހުރި ގަހެއްގައި ރޯވެ ފަސް މީހުންނަށް އަނިޔާވެ، 30 މީހުންނަށް ވަނީ ފަރުވާދީފައެވެ.

"ކުރީ އަހަރުތަކުގައިވެސް އަލިފާނުގެ ހާދިސާތައް ހިނގައިފައި ވާއިރު، އެހެންއަހަރުތަކާ ބަލާއިރު މި އަހަރު މާ ބޮޑަށް ކަންކަންވަނީ ގޯސްވެފައި،" އިޓަލީގެ ސިވިލް ޕްރޮޓެކްޝަނުގެ ވެރިޔާ ފެބްރީޒިއޯ ކުރްސިކޯ ވިދާޅުވިއެވެ.

ތުރުކީއަކީ އަލިފާން ނިއްވުމަށް ބޭނުންކުރާ މަތިންދާ ބޯޓުގެ ވަސީލަތްތައް ހުރި ގައުމަކަށް ނުވާއިރު މިހާތަނަށް އެގައުމުގެ 95،000 ހެކްޓަރުގެ ބިންވަނީ އަނދާފައެވެ.