އެމެރިކާގެ އިސްވެރިން އެގައުމުގެ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ބާރުއަޅައި ވެކްސިން ނުޖަހާ މުވައްޒަފުން ކޮންމެ ދުވަހަކު ޕީސީއާރު ޓެސްޓު ހަދަން މަޖުބޫރު ކޮށްފިއެވެ.

އެމެރިކާގައި ހަދަމުން އަންނަ ގަވާއިދުތަކުގެ ސަބަބުން ވެކްސިން ޖެހުމަށް ހުރިހާ މުވައްޒަފުންނަށްވެސް އަންނަނީ މަޖުބޫރުވަމުންނެވެ.

ނަމަވެސް ކާއެއްޗެހި މެނުފެކްޗާ ކުރާ ފަރާތްތަކާއި ސްޓޯ ޗެއިން ތަކުން ދަނީ މުވައްޒަފުންގެ އަދަދު މަދުވެދާނުކަމުގެ ބިރަށް ވެކްސިން ޖެހުން ފަސްކުރަމުންނެވެ.

ރައީސް ޖޯ ބައިޑެން ވަނީ މިދިޔަ މަހުގެ ހަތަރަކާ ހަމައަަށް އެގައުމުގެ 70 ޕަސެންޓު މީހުންނަށް ވެކްސިން ޖެހުމަށް އަމާޒު ހިފާފައެވެ. ނަމަވެސް އެ އަމާޒަށް ވާސިލްވެވިފައި ވަނީ އިއްޔެއެެވެ.

އެއާއެކު އެގައުމުގެ ހޮސްޕިޓަލްތަކުންނާއި ނާސިން ހޯމްތަކުން އަންނަނީ ވެކްސިން ޖެހުމަށް ވީހާވެސް ބޮޑަށް ބާރު އަޅަމުންނެވެ.

ނަމަވެސް އެ ގައުމުގައި އަލަށް އަޅަން ނިންމައިފައިވާ ވަރުގަދަ ފިޔަވަޅުތައް އަޅަން ނިންމި ނަމަވެސް އަދިވެސް ވެކްސިން ނުޖަހާ ތިބި މީހުންގެ ސަބަބުން މި ފިޔަވަޅުތަކުގެ މާ ބޮޑު އަސަރެއް ނުފެންނާނެކަމަށް އެ ގައުމުގެ ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.