03 Aug 2021, 09:30
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 85 ޕަސެންޓް ނިމިއްޖެ އެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށެވެ.
ހަމައެއާއެކު އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ ވެސް 95 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ މަޝްރޫއުގެ ދަށުން 16،488 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަދި އޭބީސީ ފަށަލަ އަޅައި، ސަބްގްރޭޑް މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
އެ މަޝްރޫއުގެ ޖުމުލަ އަގަކީ 28.02 މިލިއަން ރުފިޔާ އެވެ.