ރާއްޖެއިން މިއަދު އިތުރު 86 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 31 މީހުންނާއި އަތޮޅުތަކުން 37 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 18 މީހުން ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 77،633 އަށް ވަނީ އަރާފައެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2472 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 19 މީހުންނަށެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 74،928 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ މަރުވެފައެވެ.