މާލޭގެ ދެ ސަރަހައްދެއްގައި ދެ ފުޓްސަލް ދަނޑު ހަދައިދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓި ކައުންސިލުން ބުނީ އެ ކައުންސިލުން ހޯދަން ބޭނުންވަނީ ފުޓްސަލް ދަނޑުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއްކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މި މަހުގެ 22 ވަނަ ދުވަހު މެންދުރު 14:00 އަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަަށް ދިއުމަށް ކަައުންސިލުން ވަނީ އެދިފައެވެ.

ހަމައެއާއެކު މަސައްކަތްކުރުމަށް އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު މެންދުރު 14:00 އަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަަށް ދިއުމަށް ކަައުންސިލުން ވަނީ އެދިފައެވެ.

ސިޓީ ކައުންސިލުން ބުނީ ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވަނީ އެ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައިގެ ހުސްބިމުގައި އެއް ދަނޑު ކަމަށެވެ. އަދި ގަލޮޅުގައި އެއް ދަނޑު ކަމަށް އެ ކައުންސިލުން ބުންޏެވެ.