02 Aug 2021, 11:14
ޓްރީޓޮޕް ހޮސްޕިޓަލުން އެ ހޮސްޕިޓަލްުގެ އެންމެ ފުރަތަމަ ލެޕަރޮސްކޯޕިކް އިންގުނިއަނަލް ހާނިއާ މެޝް ރިޕެއާ ޕްރޮސީޖާ ކުރިއަށް ގެންގޮސްފިއެވެ.
ޓްރީޓޮޕުން ބުނީ މި ޕްރޮސީޖާއަކީ އަކީ ތުނި ލެޕަރޯސްކޯޕެއް ހަށިގަޑުގެ ތެރެެޔަށް ވެއްދުމަށްފަހު ކުރިއަށްގެންދާ ޕްރޮސީޖާއެއްކަމަށެވެ.
މިގޮތުން ލެޕަރޯސްކޯޕް އަދި ސާޖަރީ ހެދުމަށް ބޭނުންކުރާ ސިއްހީ އާލާތްތައް ހަށިގަނޑު ތެރެއަށް ވައްދާނީ ދަށް ބަނޑާ ދިމާއިން ކުޑަކުޑަ ތަންކޮޅެއް ކަފާލުމަށްފަހު އެ ތަނުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހާނިއާ އަކީ އާންމު ގޮތެއްގައި ގޮށް ހުންނަހެން ބަނޑު ނުވަތަ ބަނޑު ކައިރީ އުފެދި ބޭރަށް ފާހަގަވާހެން ނިކުމެފައި ހުންނަ ތަންކޮޅެކެވެ.
ލެޕަރޮސްކޯޕިކް އިންގުއިނަލް ހާނިއާ ޕްރޮސީޖާ އަކީ ހާނިއާ އުފެދުމުން އެކަމުގެ ސަބަބުން ކުރިމަތިވާ ތަދު އަދި އުދަގޫ ރަނގަޅު ކުރުމަށް ބޭނުންކުރާ ޕްރޮސީޖާއެކެވެ.
އެގޮތުން ޕްރޮސީޖާ ފުރިހަމަ ކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ހާނިއާގެ ސަބަބުންވާ އުނދަގޫ ތަކާއި ތަދު ފިލުވާލަދެއެވެ. އަދި ހާނިއާ އުފެދިފައިވާ ސަރަހައްދު ކުރު މުއްދަތެއްގައި ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން މިއީ މިނިމަލީ އިންވޭސިވް ނުވަތަ ވީހާވެސް ކުޑަކޮށް ހަށިގަނޑު ހުޅުވައިގެން ކުރިއަށް ގެންދާ ސާޖަރީއެއް ކަމުން އިންފެކްޝަން ފަދަ އިތުރު މައްސަލަ އުފެދުން އަދި ފާރުލުންފަދަ ކަންކަމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކޮށްދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަ ކުރިގޮތުގައި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ[email protected]އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.