02 Aug 2021, 10:59
މީޑިއާ ނެޓުގެ ހުއްދައިގެ ދަށުން ދޫކުރާ ޗެނަލްތައް އެ ކުންފުނީގެ ހުއްދަ ނެތި ދޫކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީޑިއާނެޓުން ދީފިއެވެ.
މީޑިއާ ނެޓުން ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ދޫކުރުމަށް ހުއްދަ ލިބި ރާއްޖޭގައި ދޫކުރާ ޗެނަލްތައް، ހުއްދަ ނެތް ފަރާތްތައް މެދުވެރިކޮށް ހޯދަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.
ހަމައެއާއެކު މި ގޮތަށް ޗެނަލްތައް ހޯދާ ފަރާތްތަކާ މެދު ފިޔަވަޅު އާޅާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީޑިއާނެޓުގެ ހުއްދަ ނަގައިގެން ލިބޭ ޗެނަލްތައް
އެގޮތުން ބްރޯޑްކާސްޓްކުރުމުގެ ގާނާއި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން މިދަފައިން ޕައިރޭޓެޑް ކޮންޓެންޓް ދައްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީޑިއާ ނެޓުން އިތުރަށް ބުނީ އެ ކުންފުނިން ހުއްދަ ލިބިގެން ދޫކުރުމަށް ހަމަޖެހިފައިވާ ޗެނަލްތައް ހޯދުމަށް އެދުމުން އެކަންކަން ހަމަޖެހިގެންދާނެކަމަށެވެ.
މީޑިއާ ނެޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އަދި އެންމެ ގިނަ ޗެނަލް ރާއްޖޭގައި ދޫކުރުމުގެ ހުއްދަވެސް އޮތް ކުންފުންޏެވެ.
ހަމައެއާއެކު މީޑިއާނެޓަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކޭބަލް ޓީވީ އޮޕަރޭޓްކުރާ އަދި ގިނަ އަދަދެއްގެ ޗެނަލްތައް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ހައްގު ލިބިފައިވާ ފަރާތެވެ.
މީޑިއާނެޓުން ދައްކާ ޗެނަލްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ޗެނަލްތަކުގެ އިތުރުން ލޯކަލް ޗެނަލްތަކުގެ ތެރެއިން އައިސް ޓީވީވެސް ހިމެނެ އެވެ.
ބޭރު ޗެނަލް ތަކު ތެރޭގައި ޕީއެލް ޓީވީ، ސްޓާ ސްޕޯޓްސް 1، ސްޓާ ސޮޕޯޓްސް 2، ބޫމަރޭންގް، ކާޓޫން ނެޓްވޯކް، ވޯނާ ޓީވީ، ސީއެންއެން، ކިއުރޯސިޓީ ސްޓްރީމް، ޒީޓީވީ އެޗް ޑީ ފަދަ ޗެނަލްތައް ހިމެނެއެވެ.