01 Aug 2021, 23:00
ރާއްޖެއިން މިއަދު އިތުރު 115 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 23 މީހުންނާއި އަތޮޅުތަކުން 78 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 12 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 77,547 އަށް ވަނީ އަރާފައެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2,556 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 20 މީހުންނަށެވެ.
އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 74,758 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ މަރުވެފައެވެ.