އެސްޓީއޯ އިން އޮސްޓްރޭލިއާގެ މަޝްހޫރު ޕްރޮޑަކްޓެއް ކަމަށްވާ ޑެވޮންޑޭލްގެ ސްޕެޝަލް އޮފާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ އެސްޓީއޯ ސުޕަމާޓުގައި ކުރިއަށްދާ އެ ޕްރޮމޯޝަންގައި ޑެވޮންޑޭލް މާޖިރިން އާއި ޗެޑާ، ޗީޒް، 375 ގްރާމްގެ ދެ ދަޅު ގަތުމުން އެއް ދަޅު ހިލޭ ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ހޯލްސޭލްކުރާ ޑެވޮންޑޭލްގެ ބަޓަރާއި މާޖިރިން އާއި ޗީޒްގެ އައިޓަމްތަކުން ވަރަށް ބޮޑުތަން އަގުހެޔޮވާނެ ކަމަށް އެސްޓީއޯ އިން ވަނީ ފާހަގަކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ ޑެވޮންޑަލް ޕްރޮމޯޝަން ކުރިއަށް ދާނީ 16 ފެބްރުއަރީ އިން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ސްޓޮކް ހުސްވަންދެން ކަމަށެވެ.