31 Jul 2021, 22:05
ރާއްޖެއިން މިއަދު އިތުރު 123 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 21 މީހުންނާއި އަތޮޅުތަކުން 82 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 20 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 77،432އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2،601 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 16 މީހުންނަށެވެ.
އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 74،598 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ މަރުވެފަ އެވެ.