ދ. ކުޑަހުވަދުއިން މާލެ ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް ތިން ވަނަ ފަހަރަށް މިނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ "ސަން"އަށް ވިދާޅުވީ ކުޑަހުވަދޫ އަންހެނަކު އެ ރަށުގައި އުޅުމަށްފަހު މާލެ ދިޔަ ފަހުން އޭނާގެ ގައިން އަލާމާތްތައް ފެނިގެން ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް މިވަގުތު މޮނިޓަރިންގެ ހާލަށް ގެނެވިފައިވާ ކަމަށެވެ.

ފިކުރީ ވިދާޅުވީ އޭނާ އަކީ އެ ރަށުގައި އީދު ޗުއްޓީ ހޭދަ ކުރުމަށްފަހު މާލެ ދިޔަ އަންހެނެއް ކަމަށެވެ. އަދި އެމީހުން ރަށަށް ދިޔައީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާވެސް ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އަންހެން މީހާގެ ކޮންޓެކްޓުންގެ ގޮތުގައި މި ވަގުތު ހަ މީހަކު ފާހަގަ ކުރެވިފައިވާއިރު، އިތުރު ކޮންޓެކްޓުން ތިބޭނެ ކަމަށް ބެލެވެއެވެ.

"މި ރަށުގައި ބޭއްވި ޕާޓީއެއްގަ ވެސް އެމީހުން ބައިވެރިވި. ދެން އޭނާ މާލެ ދިޔަ ފަހުން އަލާމާތްތައް ފެނިގެން ޓެސްޓް ކުރިއިރު ޕޮޒިޓިވް. މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން. އެކަން ބަލާފަ މޮނިޓަރިން އުވާލަން ޖެހިއްޖެ ނަމަ އިތުރު ނުރައްކަލެއް ނޫޅޭނަމަ އުވާލާނީ،" ފިކުރީ ވިދާޅުވިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށް:

  • ޏ. ފުވައްމުލައް

  • ރ. ދުވާފަރު
  • ގއ. ކޫއްޑޫ
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • ހދ. ކުޅުދުއްފުށި
  • ހއ. ދިއްދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ