ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ދަމާކާ" އަންނަ އޮކްޓޯބަރު މަހު ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ނެޓްފްލިކްސްއިން މި ފިލްމު އަންނަ އޮކްޓޯބަރު މަހު ސްޓްރީމް ކުރެވޭނެއިރު މި ފިލްމަކީ ކާތިކް ވަރުގަދަ ނޫސްވެރިއެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. ރާމް މަދުވާނީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ މި ފިލްމު އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރާގޮތަށް ނިންމި ނަމަވެސް ފިލްމު ދައްކާލާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" ގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ކާތިކް ނިންމާލީ އެންމެ 10 ދުވަަސް ތެރޭގައެވެ. ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ބެލެވެއެވެ. ދަމާކާގެ ޓީޒާކޮޅެއް ވަނީ މީގެ ކުރިން އާންމުކޮށްފައެވެ.