31 Jul 2021, 13:38
ކ. އަތޮޅު ގަމަރުގިރި ކަައިރީ އޮންނަ ދަ ރިޒް ކާޓަން ސްޕާ ރިސޯޓްގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު އެ ރިސޯޓުގެ މުއައްޒަފުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާކަމުގެ މައުލޫމާތު ލިބޭކަމަށެވެ.
އަދި އެމްއެންޑީއެފް ފަޔާ އެންޑު ރެސްކިއު ޓީމުން އެ ރިސޯޓަށް ދަތުރުކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު އަދި ނުލިބެއެވެ. ހަމައެހެންމެ ލިބުނު ގެއްލުމުގެ ތަފްސީލު ވެސް އަދި ނުލިބެއެވެ.