31 Jul 2021, 15:24
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަ ކޮށްގެން އަޅާގެކޮޅު އެޅުމަށް ތައްޔާރީތައް ވާންފަށައިފިއެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިން، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށް ހާއްސަ ކޮށްގެން ރަސްމީ ދެ ގެކޮޅު އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ރައީސް ގެ ރަސްމީ ގެކޮޅު އަޅަން ކަނޑައަޅާފައިވަނީ މިހާރު ސުޕްރީމް ކޯޓުގެ ކުރިމަތިން އޮންނަ މ. ދަންޑަހެލުގޭ ޕާކިން ލޮޓު ބިމުގައެވެ.
އެ ބިމުގައި ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައިވާކަމެއް އަދި ސަރުކާރުން ރަސްމީކޮށް ހާމައެއްނުކުރެއެވެ. މީގެ ދެދުވަސް ކުރިން ދަންޑަހެލު ޕާކިންލޮޓްގައި ހުރި ކާރުތައް އެ ތަނުން ނަގައި މުޅި ޕާކިންލޮޓް ވަނީ ހުސްކޮށްފައެވެ.
އެއާއެކު މިއަދު ހެދުނު ވަނީ ދަންޑެހުު ޕާކިންގެ ޕޭމެންޓް ގާތައް ނަގަން ފަށާފައެވެ.
ސުޕްރީމް ކޯޓު ކުރިމައްޗަށް އޮންނަ މ. ދަންޑަހެލުގޭ ބިމުގައި ޕާކިން ޒޯނެއް ހަދައި ސިޓީ ކައުންސިލުން އެތަން ޕާކް ކުރަން ހުޅުވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހުއެވެ.
ރައީސް ނަޝީދުމިހާރު ދިރިއުޅުއްވާ ގ. ކެނެރީގެއަކީ ސެކިއުރިޓީދިނުމަށް އެކަށީގެންވާ ގެއެއް ނޫން ކަމަށް އެމްއެންޑީއެފް އިން ވަނީ މީގެކުރިން އެމަނިކުފާނަށް އަންގާފައެވެ.