31 Jul 2021, 11:00
މޯލްޑިވްސް އިމިގްރޭޝަންގެ ވިސާ ޑިވިޝަން ބައި މ. ސްޓާ ކްލައުޑް (ކުރީގެ ސްޓާ ސިނަމާ) އަށް ބަދަލުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އޮގަސްޓް މަހުން ފެށިގެން ވިސާގެ ހިދުމަތްދޭ ޑިވިޝަންގެ އޮފީސް ދެން ހިންގާނީ ސްޓާ ކްލައުޑް އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ވިސާގެ ހިދުމަތް ދެމުންގެންދަނީ އޮންލައިންކޮށެވެ. އެގޮތުން އިމިގްރޭޝަންގެއައިއެމްޔޫޖީއޭ ޕޯޓަލްމެދުވެރިކޮށް ބިޒްނަސް ވިސާ، ސްޕެޝަލް ވިސާ، މެރިޖް ވިސާ، ސްޓޫޑަންޓް ވިސާ އަދި ޑިޕެންޑެންޓް ވިސާގެ އިތުރުން ސްޕޮންސަޝިޕް ޑެކްލަރޭޝަނަށް އެދި ހުށަހެޅޭނެ އެވެ.
އެ ޕޯޓަލް މެދުވެރިކޮށް ގިނަ ބާވަތްތަކުގެ ވިސާއަށް އެދި ހުށަހެޅުނު ނަމަވެސް ވޯކް ވިސާއަށް އެދި ހުށަހަޅަން ޖެހެނީ އެޗްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.
އެ ސިސްޓަމުން އެޕްލިކޭޝަން ޕްރޮސެސް ކުރުމަށްފަހު، ވިސާ ދޫކުރާ ޕާސްޕޯޓް ހުށަހަޅަން އޮންލައިން އެޕޮއިންޓްމަންޓެއް ދޫކުރެ އެވެ. އަދި ޕާސްޕޯޓް އަނބުރާ ބަލާ ދާންވުމުން ކަސްޓަމަރަށް އެކަން އަންގައި، އެކަމަށް އިތުރު އެޕޮއިންޓްމަންޓެއް ދޫކުރާނެ އެވެ.
މާލޭގެ އިތުރުން އައްޑޫ ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑޫ ސިޓީގައި ވެސް އިމިގްރޭޝަނުން ވިސާގެ ހިދުމަތްތައް ފޯރުކޮށްދެ އެވެ.
ވިސާގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 - 2:00އާ ދެމެދު އިމިގްރޭޝަންގެ ވޯކް ވިސާ ހޮޓްލައިން ނަންބަރު 9199153 ނުވަތަ 9199157 އަށް ގުޅުމުން ލިބޭނެ އެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ހެނދުނު 10:00 - 12:00އާ ދެމެދު އެ ނަންބަރުން މައުލޫމާތު ސާފުކުރެވޭނެ އެވެ.