ސްޕެނިޝް ލިލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ރޭ ކާމިޔާބު ކޮށްފި އެވެ.

މެޗުގެ ނުވަ ވަނަ މިނެޓުގައި ވެލެންސިއާގެ ޕަބްލޯ ޕިއަޓީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސާ އަށް މެސީ ނަތީޖާ ހަމަހަމަ ކޮށްދިން އިރު، މެޗުގެ 27 ވަނަ މިނެޓުގައި އޭނާ ވަނީ ބާސާ އަށް ލީޑު ވެސް ހޯދައިދީފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވެ އެވެ. އަދި މެސީގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 85 ވަނަ މިނެޓުގަ އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ބާސާގެ ހަވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒަވީ ހެނާންޑޭޒް އެވެ. މިމެޗު ނިމިގެންދިޔައީ 5-1 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

ސްޕެނިޝް ލީގުގައި ރޭ އިތުރު މެޗުތަކެއް ވެސް ކުރިއަށް ދިޔަ އެވެ. އެގޮތުން ރެއާލް ސޮސިއެދާދް އަތުން ގްރެނޭޑާ 4-1 ލަނޑުން މޮޅުވި އިރު، މަލާގާ މައްޗަށް އެތްލެޓިކް ބިލްބާއޯ ކުރި ހޯދީ 3-0 ލަނޑުންނެވެ. ސްޕޯޓިންގް އިން އެތްލެޓިކޯ މެޑްރިޑް 1-1 ލަނޑުން ހިފެހެއްޓި އިރު، ލަވެންޓޭ އަތުން ރަޔޯ ވަލެކާނޯ މޮޅުވީ 5-3 ލަނޑުންނެވެ.