31 Jul 2021, 10:21
ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބެލް ބޮޓޮމް" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.
މި މަހު 27 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރަން ނިންމި ނަމަވެސް އެ ފިލްމު ވަނީ އަންނަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ތިއޭޓާތަކުގައި ރިލީޒްކުރާ މި ފިލްމަކީ ރަންޖީތު ތިވާރީގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޓީޒާއެއް މިދިޔަ އަހަރު ނެރުނު އިރު އެ ޓީޒާއިން އަކްޝޭ އެކަނި ފެނިގެންދާއިރު އޭނާ ފެނިގެންދަނީ އެއާބޭސް އެއްގެ ތެރެއިންނެވެ.
މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާވެގެން އުފެއްދި ފިލްމެކެވެ. ލާރާ ދައްތާ، ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ވެސް ބެލް ބޮޓަމް އިން ފެނިގެންދާއިރު މި ފިލްމަކީ ސްޕައި ތްރިލާ ޖޯންރާގެ ފިލްމެކެވެ. ބެލް ބޮޓަމް ގައި އަކްޝޭ އާއެކު ލީޑު ރޯލުން ފެނިގެންދާނީ ވާނީ ކަޕޫރެެވެ.