31 Jul 2021, 07:37
ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "އައުޓާ ބޭންކްސް" ގެ ދެވަނަ ސީޒަން ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
އިއްޔެ ނެޓްފްލިކްސް ގައި ސީޒަން ދޭއް ސްޓްރީމްކުރިއިރު ގިނަ ބަޔަކު ވަނީ އެ ސީރީޒް ބަލަން ފަށާފައެވެ. މި ސީޒަންގެ ޓްރެއިލާ އާންމުކުރި ހިސާބުންވެސް އާންމުން ތިބީ ދެވަނަ ސީޒަން ބަލަން ކެތްމަދުވެފައެވެ. ފުރަތަމަ ސީޒަން ނިމުނު ހިސާބުން ދެވަނަ ސީޒަން ފަށާއިރު ފުރަތަމަ ސީޒަން ނިމިގެންދިޔައީ ވަރުގަދަ ތޫފާނެއްގައި ސާރާ އާއި ޖޯންބީ ޖެހި އެ ތޫފާނުން ސަލާމަތްވެ ބަހާމާސް އަށް ދެވޭ ހިސާބުންނެވެ. އަދި އެ ގްރޫޕްގެ ބާކީ ތިބި މީހުން ނިންމީ ސާރާ އާއި ޖޯންބީ މަރުވީކަމަށެވެ.
ޓީނޭޖު ކުދިންތަކެއްގެ ދިރިއުޅުން ދައްކުވައިދޭ މި ސީރީޒަކީ ޝައުގުވެރި އެތައް ކަންތައްތަކެއް ހިމެނޭ ޝޯއެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނެއް އާންމުންނާ ހަމައަށް އައީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.