30 Jul 2021, 21:03
އިންޓަނެޓާއި ގުޅިގެން ކުރިމަތިވާ މައްސަލަތައް ރިޕޯޓްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހާއްސަ ހޮޓްލައިންއެއް ގާއިމުކޮށްފިއެވެ.
މިނިސްޓްރީއިން ގާއިމުކުރި ހޮޓްލައިން ނަންބަރަކީ 1515 އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނި ގޮތުގައި މި ހޮޓްލައިންއަކީ ނެޓުހެޔޮ ކެމްޕޭނުގެ ދަށުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި، އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުމަށްޓަކައި ގާއމުކުރާ ހޮޓްލައިންއެކެވެ.
https://twitter.com/MoEnvmv/status/1421123844182470659
މިނިސްޓްރީއިން ބުނިގޮތުގައި މި ހޮޓްލައިންއާއެކު އެ މިނިސްޓްރީގެ އަމާޒަކީ އިންޓަނެޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުވުމެވެ.
ރާއްޖޭގައި އިންޓަނެޓުގެ އަގުތަކަށް ބަދަލުގެނައުމަށް ނިންމައި އެ އަގުތައް އިއުލާންކުރީ މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހުއެވެ. އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ އިންތިހާބުގެ ވައުދެކެވެ.