30 Jul 2021, 12:31
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު އާ ފިލްމަކަށް ސޮއިކޮށްފިއެވެ.
ތަމަޅަ ފިލްމު ތަދަމްގެ ރީމޭކްއަށް އަދިތިޔާ ހަމަޖެއްސި އިރު މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ވަރްދާން އެވެ. އެކްޝަން ތްރިލާގެ ޖޯންރާއަށް މި ފިލްމު ގެނެސްދޭ އިރު މި ފިލްމަކީ އަސްލު ހަގީގީ ހާދިސާތަކުން އިންސްޕަޔާވެގެން ގެނެސްދޭ ފިލްމެކެވެ.
ތަމަޅަ ފިލްމު "ތަދަމް"ގެ ހިންދީ ރީމޭކެއް ހަދަން ނިންމިއިރު މި ފިލްމު އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ ސިދާތު މަލްހަތުރާއެވެ. ނަމަވެސް އިއްޔެ ވަނީ އަދިތިޔާ އާއެކު މި ފިލްމު ރަސްމީކޮށް އިއުލާންކޮށްފައެވެ. ނަން ހާމަނުކުރާ މި ފިލްމުގެ ބާކީ ކާސްޓު ވެސް އަވަސް މުސްތަގްބަލުގައި އިއުލާންކުރާނެއެވެ.
ތަމަޅަ ފިލްމު ތަދަމް އަކީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމަކީ ޒުވާން ފިރިހެނެއް މަރުުވުމުން އެކަން ތަހުގީގުކުރަން އުޅުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދި ފިލްމެކެވެ.