29 Jul 2021, 13:10
މ. ކޮޅުފުށްޓާއި ށ.ފީވަށް މޮނިޓަރިންއަށް ލައިފިއެވެ.
މ. ކޮޅުފުށި ކައުންސިލްގެ ރައީސް އަބްދުލް އަލީމް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރަށުގެ ބައެއް މީހުން ހުން އައިސް ބަލިވެ އުޅުމުގެ ސަބަބުން ސާމްޕަލް ނަގައިގެން މިހާތަނަށް 12 މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ.
"ބަލިވެ އުޅޭތީ ބައެއް މީހުން ސާމްޕަލް ނެގީ. ޖުމްލަ 12 މީހުން މިހާރު ޕޮޒިޓިވް ވީ. އަނެންހެން އެންމެންގެ ހާލު އަދި ރަނގަޅު," އަލީމް ވިދާޅުވިއެވެ.
ށ. ފީވަކުގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރަށުގެ ބައެއް މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމުން ރެންޑަމްކޮށް ނެގި ސާމްޕަަލްތަކެއް ފޮޒިޓިވް ވެފައިވައިކަމަށެވެ.

ށ. ފީވައް -- ފޮޓޯ/ ގޫގްލް މެޕްސް
"ރަށުގެ ބައެއް މީހުން ބަލިކޮށް އުޅޭ ކަން ފާހަގަވާތީ ކައުންސިލާ ހޮސްޕިޓަލް ގުޅިގެން ރެންޑަމް ސާމްޕަލް ނެގީ. ތިން މީހުން އަދި ޕޮޒިޓިވް ވީ" ރަޝީދު ވިދާޅުވިއެވެ.
ޕޮޒިޓިވް ކޭސްތައް ފެނުމާއިއެކު މިއަދު 10:30 ގައި އެޗްޕީއޭއީން ކޮޅުފުށި ތިންވަނަ ފަހަރަށް މޮނިޓަރިން އަށް ލާފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް އަލީމް ވިދާޅުވިއެވެ.
ށ. ފީވަކުގައި ވެސް ކޮންޓެކް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ރަޝީދު ވިދާޅުވިއެވެ. އެޗްޕީއޭއިން ފީވައް މޮނިޓަރިންއަށް ލާފައިވަނީ މިއަދު 12:18 ގައެވެ. މީ އަދި ފީވައް މޮނިޓަރިންއަށް ލީ ފުރަތަމަ ފަހަރެވެ.
މިވަގުތު މޮނިޓަރިންގައިވާ ރަށްރަށް:
ޏ. ފުވައްމުލައް
- އއ. ތޮއްޑޫ
- ރ. ދުވާފަރު
- ގއ. ކޫއްޑޫ
- ށ. ފޯކައިދޫ
- ގދ. ނަޑެއްލާ
- ކ. ކާށިދޫ
- އއ. ރަސްދޫ
- ހދ. ކުޅުދުއްފުށި
- ހއ. ދިއްދޫ
- މ. ކޮޅުފުށި
- ށ. ފީވައް