ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކާމިޔާބު ފިލްމު "މާމުއި" މިހާރު މީޑިއާނެޓުގެ މަލްޓި ސްކްރީން އަދި އެމްއެސް ޓީވީ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) މެދުވެރިކޮށް ބަލައިލުމުގެ މަގު މީޑިއާނެޓުން ފަހިކޮށްދީފިއެވެ.

2019 ވަނަ އަހަރު ރިލީޒްކުރި "މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ)އެވެ.

ފިލްމު ސްކްރީންކުރުމާއެކު ފިލްމުގައި ހިމެނޭ މޮޅެތި ޑައިލޮގުތަކުން ސޯޝަލް މީޑިއާވަނީ ފުރިގެން ގޮސްފައެވެ. އަދި "މާމުއި" އަކީ ވަރުގަދަ ކޮމެޑީއެއްކަން މި ފިލްމު ބެލި ގިނަ ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.

މި ފިލްމު މިހާރު މީޑިއާނެޓުގެ މަލްޓި ސްކްރީން އަދި އެމް އެސް ޓީވީ ވީއޯޑީ މެދުވެރިކޮށް ބަލައިލެވޭނެއެވެ.

މަލްޓިސްކްރީން ބޭނުންކޮށްގެން މާމުއި އަދި މިނޫންވެސް ގިނަ ފިލްމް، ޝޯތައް އަދި ޓީވީ ޗެނަލްތައް ފޯން، ލެޕްޓޮޕް ނުވަތަ ޓެބްލެޓް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

އަދި އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު ޓީވީ މެދުވެރިކޮށް ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑްގައި ހިމެނޭ ފިލްމް ތަކާއި ސީރީޒްތައް ބެލޭގޮތްވެސް މީޑިއާނެޓުން މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅުއްވާ ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީއެއް ހުރި ކަސްޓަމަރުންނަށް އެމްއެސް ޓީވީގެ ހުރިހާ ޗެނެލެއް ޑީކޯޑަރަކާ ނުލައި ބަލައިލެވޭއިރު ކޭބަލް ހިދުމަތުން އެމްއެސް ޓީވީއަށް ބަދަލުވާން އެދޭ ފަރާތްތަކަށްވެސް އިތުރު އެއްވެސް ހަރަދަކާ ނުލާ މިހާރު ބަދަލުކުރުމުގެ ފުރުސަތު މީޑިއާނެޓުން ވަނީ ހުޅުވާލާފައެވެ.

އަދި އެގޮތަށް އެދޭ ކަސްޓަމަރުންނަށް މީޑިއާނެޓުގެ ޓެކްނީޝަނެއް ޒިޔާރަތްކޮށް ފައިބާ ނެޓްވޯކާއި ގުޅުވައިދިނުމުގެ މަސައްކަތް ނިންމައިދޭނެކަމަށް މީޑިއާނެޓުން ބުންޏެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑުކޮށްގެން 'މާމުއި' ބަލައިލެވޭނެ އެވެ. ނޫނީ https://cuda.medianet.mv އަށް ޒިޔާރަތްކޮށްގެންވެސް ޑައުންލޯޑުކޮށްލެވޭނެކަމަށް މީޑިއާނެޓުން ބުންޏެވެ. ހަމައެއާއެކު އެމްއެސްޓީވީއަށް ރެޖިސްޓާކުރުމަށް https://mstv.medianet.mv ޒިޔާރަތްކުރުމަށްފަހު ރަޖިސްޓާ ކުރެވޭނެ އެވެ.