27 Jul 2021, 18:04
މެދުކެނޑުމަކަށްފަހު ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒްޖެހުން މާދާމާ ފަށްޓާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އީދު ބަންދަށް ހުރިހާ ވެކްސިނެއް ޖެހުން ހުއްޓާލުމަށްފަހު ވެކްސިން ޖަހަން ފެށުމާއެކު ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖެހިތާ ތިން ހަފްތާ ވެފައިވާ ފަރާތްތަކަށް މާދަމާ ދެވަން ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭގެ ޓްވީޓްގައިވާ ގޮތުން މާދަމާ ހެދުނު 09:00 އިން 11:00 އާ ދެމެދު ސެނަހިޔާއިން ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މިހާތަނަށް ރާއްޖެއިން ތިން ލައްކައަށްވުރެ ގިނަމީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ދެ ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ޖަހައިފައިވެއެެވެ.