27 Jul 2021, 07:55
ރސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ބަލްގޭރިއާގެ ފޮރިން މިނިސްޓަރު ސްވެޓްލާން ސްޓޯވް އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެއާއި ބަލްގޭރިއާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިތުރަށް ދެ ގައުމު އެކުގައި ކުރިޔަށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާނެކަމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުންވެސް އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުންވެސް މިނިސްޓަރު ޝާހިދު އިސްކަންދެއްވާ ކަންކަމާމެދު މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތްތާ ދެ ދުވަސް ތެރޭއެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.