ޓޯކިޔޯ (ފެބްރުއަރީ 20): ޖަޕާނުގެ އެންޕެރާ އަކިހީޓޯގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

އުމުރުފުޅުން 78 އަހަރުގެ އަކިހީޓޯ އަށް ކުރެވުނީ ހިތްޕުޅުގެ މައިނާރެއްގެ އޮޕަރޭޝަނެއް ކަމަށް ޚަބަރު ލިބެއެވެ. އޮޕަރޭޝަނަށްފަހު އަކިހީޓޯގެ ޙާލުކޮޅު ރަނގަނޅުވަމުން އަންނަ ކަމަށާއި ނަމަވެސް ދެ ހަފްތާވަންދެން އޭނާ ހޮސްޕިޓަލުގައި އޮންނަވާނެ ކަމަށް އޮޕަރޭޝަންކުރި ޓޯކިޔޯ ޔުނިވަރސިޓީ ހޮސްޕިޓަލުން ބުނެއެވެ.

ޖަޕާނުގެ އެންޕެރައަކީ ވެރިކަމުގެ އެއްވެސް ބާރެއްނެތް ހަމައެކަނި ރަމްޒީ ޝަޚްސިއްޔަތެކެވެ. ނަމަވެސް އެންޕެރަރ އަކީ ޖަޕާން ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. އަކިހީޓޯ އެންޕެރަރ ކަމުގެ މަޤާމަށް އިސްކުރެވުނީ 1989 ގައި އޭނާގެ ބައްޕަ ހީރޯ ހީޓޯ އަވަހާރަވުމާ ގުޅިގެންނެވެ.

އަކިހީޓޯގެ ސިއްޙީ ޙާލުކޮޅު މިފަހަކަށް އައިސްވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައެވެ. މިގޮތުން 2003 ވަނައަހަރު އަކިހީޓޯއަށް ޕްރޮސްޓޭޓް ކެންސަރުޖެހިވަޑައިގަތުމާ ގުޅިގެން އޭނާގެ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. -- ރޮއިޓާސް