26 Jul 2021, 18:32
ކޮވިޑް-19 ގެ ސަބަބުން ތ. ކިނބިދޫގައި އިއުލާނު ކޮށްފައިވާ މޮނިޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލައިފި އެވެ.
މާލެއިން ކިނިބިދުއަށް އީދު ޗުއްޓީއަށް ދިޔަ އާއިލާއެއްގެ ދެ އަހަރުގެ ތުއްތު ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގް އަށް ލީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އެރަށް މޮނިޓަރިންއަށް ލީނަމަވެސް އެ ރަށުގައި އީދު ކުޅިވަރު ކުޅުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މޮނީޓަރިންގައި އޮތްނަމަވެސް ކިނބިދޫގައި ކޮވިޑް-19 ބަލި ފެތުރެމުން ނުދާކަމަށާއި އީދު ކުޅިވަރު ކުޅެމުންދަނީ ރަށުގެ ރައްޔިތުންގެ އެދުމާއެކުގައި ކަމަށް ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން ވިދާޅުވެފައި ވެއެވެ.
މިއީ ކިނބިދޫ މޮނިޓަރިންގެ ހާލަތަށް ދިޔަ ތިންވަނަ ފަހަރެވެ.
ކިނބިދޫގެ މޮނިޓަރިންގް ހާލަތު އުވާލުމާއެކު، މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމުލަ 13 ރަށެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތައް:
ފ. ފީއަލި
- ޏ. ފުވައްމުލައް
- ގއ. ވިލިނގިލި
- އއ. ތޮއްޑޫ
- ރ. ދުވާފަރު
- ގއ. ކޫއްޑޫ
- ރ. މީދޫ
- ކ. ގުރައިދޫ
- ށ. ފޯކައިދޫ
- ގދ. ނަޑެއްލާ
- ކ. ކާށިދޫ
- އއ. ރަސްދޫ
- ހދ. ކުޅުދުއްފުށި