25 Jul 2021, 23:07
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރެރިޒަމާއި ހަރުކަށި ފިިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފުލުހުންނަށް ބާރު ތަކެއް ދޭން ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާގު އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ މޭ ހަވަނަ ދުވަހު އެމަނިކުފާނުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހިފާ ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ތާއިދުކުރުމަށް ގޮވާލާފައެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ދިނުމަކީ އެމްޑީޕީން ދެކޭ ގޮތް ކަމަށް އެ ގަރާރުގައި ވަނީ ލިޔެފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
އެގޮތުން ހަމަލާ ދިނުމާއި، ރޭވުމުގައި އިސްކޮށް އުޅުނު ޖުމުލަ ދިހަ މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު އެ ހަމަލާއަކީ ފައިސާ ހުށަހަޅައިގެން ދީފައިވާ ހަމަލާއެއްކަމަށް ބެލެވެން ނެތްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.