ކަސްޓްމަސްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި ނައްތާލާފައިވަނީ 12013.32 ލީޓަރުގެ ބަނގުއާވި ދަޅާއި 3535 ލީޓަރުގެ ޓޮނިކް ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ 2021 ޖުލައި 22 ވަނަދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑަޑް ވެއާހައުސްތަކުގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން އަދި އެނޫންވެސް އެހެން ސަބަބަކާހުރެ ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެތިކަމަށް ކަސްޓަމްސްއިން ބުންޏެވެ.