މިހާރު ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ އެތްލީޓުންނަށް ސަމްސަންގްއިން ހަދިޔާކުރި ގިފްޓް ޕެކުން ސެމްސަންގްއިން ތަފާތު ދައްކައިފިއެވެ.

ސެމްސަންގް އަކީ ވަރަށް ކުރީއްސުރެ އޮލިމްޕިކް ގޭމްސްގެ ސްޕޮންސަރަކަށް ވާއިރު މިފަހަރު ސެމްސަންގްއިން ހަދިޔާކުރި ހަދިޔާކޮތަޅުގައި ހުރި އެއްޗެހީގެ ޓިކްޓޮކް ވީޑިއޯއެއްވަނީ އާންމު ވެފައެވެ.

ބްރިޓިންގެ ކެނޯ ދުއްވުންތެރިޔާ ފޯބްސް ކްރިޔަންސް އާންމު ކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި ސެމްސަންގްއިން ހަދިޔާ ކޮށްފަވަނި އެންމެ ފަހުގެ އެސް-21 ފޯނަކާއި ސެމްސަންގް ގެލްކްސީ އިޔާ ބަޑްސް ޕްްރޯއަކާއި އޭގެ ހާއްސަ ހުދު ކަވަރެއްގެ އިތުރުން ޕްރިމިއަމް ކޮމެމޮރޭޓިވް ގަލަމެކެވެ.

އެތްލީޓުންނަށް ހަދިޔާ ކޮށްފައިވާ ފޯނަކީ މި އަހަރުގެ އޮލިމްޕިކްސް ލޯގޯޖެހި ޝްޕެޝަލް އެޑިޝަންގެ އެސް-21 ފޯނެކެވެ.

ސެމްސަންގްއިން އަންނަނީ 1988 ވަނަ އަހަރުން ފެށިގެން އޮލިމްޕިކްސްއަށް ހާއްސަކޮށްގެން އެ އިރެއްގެ އެންމެ ފަހުގެ ފޯންތައް ނެރެމުންނެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި ގާތްގަނޑަކަށް 17،000 އެތްލީޓުންނަށް ވަނީ މި ހަދިޔާ ދީފައެވެ. ގިނަބަޔަކު ފާހަގަކުރާ ގޮތުގައި މި އޮލިމްޕިކްސްއިން ސެމްސަންގްގެ ތަފާތު ވަނީ ވަރަށް ބޮޑަށް ފެނިގެންގޮސްފައެވެ.