25 Jul 2021, 09:48
މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެރުނު ކާމިޔާބު ފިލްމު "ޚުދާ ހާފިޒް 2"ގެ ޝޫޓިން ފަށައިފިއެވެ.
ފިލްމުގެ ފުރަތަމަ ބައިންވެސް ފެނިގެންދިޔަ ތަރިން މި ފަހަރުގެ ބައިން ފެނިގެންދާއިރު މި ފިލްމަކީ ފަރުކް ކަބީރުގެ ޑައިރެކްޝަނުގެ ދަށުން ކުމާރު މަންގަތު ޕަތަކްއާއި އަބީޝޭކް ޕަތަކްގެ ޕްރޮޑަކްޝަނަކަށް ގެނެސްދޭ ފިލްމެކެވެ.
ފިލްމުގެ ސީކުއަލްއިން ދެތަރިން ފެނިގެންދާއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ޝިވަލީކާ (ނަރްގިސް) ބޭރު ގައުމަކަށް ދަތުރުކުރާ ތަނެވެ. އޭނާގެ ފިރިމީހާ ވިދްޔުތް (ސަމީރު) އަށް ގުޅާ އޭނާ އެނބުރި ގައުމަށް ގެންދިޔުމަށް އެދި އާދޭސްކުރާ މަންޒަރު ފެނިގެންދިޔައެވެ. ސަމީރު އޭނާގެ އަންހެނުން ހޯދަން އެ ގައުމަށް ގޮސް ދިމާވާ ކަންތައްތައް ވެސް މި ފިލްމުން ފެނިގެން ދިޔަ އެވެ.
ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް މިދިޔަ މަހު ފެށި ނަމަވެސް ސްކްރިޕްޓް ފަރިތަކުރުންތަކަށްފަހު ފިލްމުގެ ޝޫޓިން ފެށީ މި ހަފްތާގައެވެ.