22 Jul 2021, 22:25
ރާއްޖެއިން މިއަދު އިތުރު 122 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 81 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 17 މީހުންކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،454 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2،587 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 11 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،637 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 218 މީހުންނެވެ.
މާލެއިން ފެންނަ ކޭސްތަކުގެ އަދަދު އިއްޔެ މަތިނަމަވެސް މިއަދު ވަނީ އެ އަދަދު ދަށްވެފައެެވެ. އެހެންނަމަވެސް އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.