22 Jul 2021, 22:24
ފެން ހޮޅީގެ މަސައްކަތެއް ކުރާތީ މިރޭ ފަސް ގަޑިއިރަށް މާލޭގެ ވަކި ސަރަހައްދެއްގެ ގޭބިސީތަކަށް ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.
ފެން ކުންފުނިން ބުނީ ހިދުމަތް މެދުކެނޑޭނީ މިރޭ 23:00އިން ފަތިހު 4:00އަށް ކަމަށެވެ.
ހިދުމަތް މެދުކެނޑޭނީ ހަނދުވަރީ ހިނގުމާއި ކާނޭޝަން މަގާ ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ގޭބިސީތަކުންނެވެ.

އެ ވަގުތުތަކުގައި ފެނުގެ ހިދުމަތް މެދުކެނޑޭ ސަބަބަކީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ފުލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލުން އަޅާފައިވާ ފެން ހޮޅި ގުޅުވާލާތީ އެވެ.
ހިދުމަތް މުދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ފެން ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.