21 Jul 2021, 19:43
ދ. އަތޮޅުގައި ހިންގާ ރިއު ކިޔާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިޔަކު މޫދަށް އެރި އުޅެނިކޮށް މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިޔަކު މަރުވެފައިވާ ހަބަރު ލިބުނީ މިއަދު 12:33 ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ޔޫކުރެއިން ފިރިހެނެއް ކަމަށެވެ.
މި މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.