21 Jul 2021, 14:51
އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ވެރިރަށް ދިއްލީއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މި ދަތުރުފުޅަކީ އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކުރާ ދަތުރުފުޅެއްކަމަށެވެ.
އަދި ދަތުރުފުޅުގައި އިންޑިއާގެ ބިޑުވަޒީރު ނަރެންދުރަ މޯދީއާ ވާހަކަދައްކާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އިންޑިއާގެ އެކްސްޓާބަކް އެފެއާޒް މިނިސްޓަރު ޑރ. ޖައިންޝަންކަރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބު ނިއުޔޯކްގައި އޮތް އިރު, އެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ.
އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމައި ރަސޫލްއާ ވާދަކުރައްވައި ޝާހިދު މަގާމު ކާމިޔާބުކުރެއްވީ 191 ވޯޓުގެ 75 ޕަސަންޓު ތާއީދާއެކު އެވެ.