ރާއްޖެއިން މިއަދު އިތުރު 169 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 127 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 15 މީހުންކަމަށެވެ. އަދި ސަފާރީތަކުން ތިން މީހަކު ވަނީ ޕޮޒިޓުވް ވެފަައެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،188 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،619 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 8 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،340 އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 ގައި ރާއްޖެއިން އެކަކު ވަނީ ނިޔާވެފައެވެ. އެެއާއެކު މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ އަދަދު 217 މިވަނީ މަތިވެފައެވެ.

މާލެއިން ފެންނަ ކޭސްތަކުގެ އަދަދު އިއްޔެ މަތިނަމަވެސް މިއަދު ވަނީ އެ އަދަދު ދަށްވެފައެެވެ. އެހެންނަމަވެސް އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.