20 Jul 2021, 16:25
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.
ރައީސް އޮފިހުން ބުނީ ރައީސްގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.
ރައީސްގެ ދެކަނބަލުން މި މަހު ވަނި ހދ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރަައްވާފައެވެ. އ މި ދަތުރުފުޅުގައި އެ އަތޮޅުގެ 3 ރަށަކަށްވެސް ވަނީ ވަޑައިގެންފައެވެ. އަދި ދަތުރު ނިންމަވށލެއްވުމަސްފަހު ފަހު މާލެ ވަޑައިގަތީ މި މަހުގެ 18 ވަނަ ދުވަހުއެވެ.