މިއަދު މާލޭގައި ވެހިކަލް ދުއްވުން މަނާ ވަގުތުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ޓެކްސީ ދުއްވުމުގެ ދެ ހުއްދަ ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި ހުއްދަ ދޫކުރަމުން ގެންދާނީ މިއަދު މެންދުރު 1:00 އިން 3:00 އަށް ކަމަށެވެ.

މި ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ އޮފީހުންނެވެ.

މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު މާލޭގައި ހިނގާފަ އުޅޭ

މޭޔަރު ވިދާޅުވީ މި ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކާއި، އިމަންޖެންސީ ހާލަތުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެކަމަށެވެ.

ހަމައެއާއެކު ނިކުމެ އުޅޭއިރުވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލޭ ސިޓީގައި މިއަދު ހިނގާފަ އުޅޭ ވަގުތެއް ކަނޑައަޅާފައިމިވަނީ އެކަމަށްޓަކައި އާންމުންގެ މެދުގައި ޕޯލެއް ހުޅުވާލުމަށް ފަހު އޭގެން ލިބުނު ނަތީޖާއަށް ބެލުމަށްފަހު ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރުމަށްފަހުއެވެ.