19 Jul 2021, 22:28
ރާއްޖެއިން މިއަދު އިތުރު 140 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 59 މީހުންނާއި އަތޮޅުތަކުން 74 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،019 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2،470 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 14 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،321 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 216 މީހުން ވަނީ މަރުވެފަ އެވެ. މާލެއިން ފެންނަ ކޭސްތަކުގެ އަދަދު އަނެއްކާވެސް މަތިވެފައިވާއިރު އަދިވެސް އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު ހުރީ އިތުރިވި ވަރުގައި ދަށްނުވެ ހިފެހެއްޓިފައެވެ.