13 Jul 2010, 15:01
19:00
އަލުން އެކުލަވާލި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޢައްޔަންކުރެއްވި ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އަލުން އެކުލަވާލު ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
އަލުން އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރުހުން ނުދެއްވައިފިނަމަ ދެން ކިހިނެތްތޯ ހަދާނީ ސުވާލު ކުރެއްވުމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ އެ ސުވާލު ސަރުކާރަށް ކުރިމަތިނުވާ ކަމަށެވެ. އަދި އެބޭފުޅުނަށް ރުހުން ނުދެއްވިފަނަމަ ދެން ކަންތައް ކުރައްވާނެ ގޮތެއް ސަރުކާރަށް އެނގޭނީ އެކަން ދިމާވުމުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.