މިރޭ މާލޭގެ މަޖީދީމަގުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ޒަހަމުވެއްޖެއެވެ.

ފުލުހުން ބުނީ މަޖީދީމަގާއި މާވެޔޮމަގާ ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައިއިން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ މައްސަލައެއް މިރޭ 18:38 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަަމަށާއި، އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.