13 Jul 2010, 14:58
19:00
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑުން ރައްޔިތުންނަށް ދެއްވާ ޚިދްމަތްތައް ފުޅާކޮށް ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅު ކޮށް އެ ކުންފުނި ރީ-ބްރޭންޑް ކުރުމަށާއި، ޢާންމުންނަށް ހިއްސާ ވިއްކަވާ ގޮތަށް ކުންފުނީގެ މަސައްކަތްތައް އިންތިޒާމު ކުރުމަށް އެކުންފުނީގެ ބޯޑަށް ލަފާދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިކަން މިގޮތަށް ނިންމީ، އެކުންފުނީގެ ހިންގުން ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައި ކަމަށެވެ. އެކުންފުނިން ދެއްވާ ޚިދްމަތްތައް އިތުރަށް ފުޅާކުރައްވައި، ރަނގަޅު ކުރެއްވުމަށް ބޭނުންވާ ފައިސާ ހޯއްދެވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މެންބަރުން މިއަދު ވާހަކަފުޅު ދެއްކެވި ކަމަށާއި އަދި މިބަދަލުތައް ގެނައުމަކީ ކުންފުނީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާވާނެ އަދި އެކަމުން ރައްޔިތުންނަށް އިތުރު މަންފާތައް ލިބެމުންދާނެ ކަމެއްކަން މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.