18 Feb 2012, 23:32
ވިކްޓަރީގައި މިވަގުތު ތިބި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންގެ ފެންވަރު ދައްކަމަށް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ޔަމަނުގެ އަލް ތިލާލާ އަތުން 3-4 ލަނޑުން ވިކްޓަރީ ބަލިވި މެޗަށް ފަހު ކޯޗް ސުޒޭން ބުނީ، މިއަދުގެ މެޗުން ބަލިވުމަށް ދިމާވި އެންމެ ބޮޑު އެއްސަބަކީ މެޗުގެ ފުރަތަމަ ހާފު ބައިކޮޅަށް، އާދައިގެ ގޯލްތަކެއް ވަނުން ކަމަށާއި ވިކްޓާރީގައި މިވަގުތު ތިބި ދިވެހި ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންނަށް އެކުޅުންތެރިންގެ އަސްލު ފެންވަރު މެޗުގައި ދައްކަން ވާވަރަށް ނުދެއްކުމުގެ ސަބަބުން ކަމަށެވެ.
"ވިކްޓަރީގައި ތިބި ގިނަ ނެޝަނަލް ޕްލޭއަރުން، ޕާފޯމަންސް މިހިރީ ވަރަށް އާދާގެކޮށް. މިއަދުގެ މެޗުގައި އެކަން ވަރަށް ރަނގަޅަށް ފެނިގެން ހިގައްޖެ. ބަލިވުގެސިއްރަކީ އެއީ،" ކޯޗް ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، އޭއެފްސީ ޗެލެންޖްކަޕުގެ ފަރިތަކުރުންތަކަށް ވީބީއިން ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ދޫނުކޮށް ހިފެހެއްޓުން އެއީ އެ ޓީމުން ކުރި ރަނގަޅު ކަމަކަށްވީ އިރު، ވިކްޓަރީން އެގޮތަށް އަމަލުނުކުރުމުން އެކަމާ މިއަދުގެ މެޗަށް ފަހު ވިސްނޭ ކަމަށެވެ.
"ކުރިއަށްއޮތް ޗެލެންޖްކަޕުގެ ފަރިތަކުރުންތަކަށް ދިވެހި ގައުމީ ޓީމަށް ވިކްޓަރީގެ ކުޅުންތެރިން ދޫކުރުމުން އެކުޅުންތެރިންގެ އަސްލު ފެންވަރު ދައްވެއްޖެ. ވީބީން ވެސް ކުޅުންތެރިން ދުލެއް ނުކުރެ. މިހާރު މިވިސްނުނީ. ގައުމީ ޓީމް އޮތީ ވެސް ގައުމީ ކޯޗުގެ ކޮންޓުރޯލް ދަށަކު ނޫން. އިއްޔެ ނޫން އޭގެ ކުރީ ދުވަހު އޭނަ ވަނީ ޓްރޭނިން ދޫކޮށްލާ ގޮސްފައި. މިއަދުގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލިކަން އިހުސާސް ކުރެވިފައިވާ ތަން. މިހާރު މައްސަލަތަކެއް ގައުމީ ޓީމް ތެރޭގައި އެބަހުރި،" ކޯޗް ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، މިއަދު ވިކްޓަރީ އަތުން މޮޅުވި ޔަމަންގެ އަލްތިލާލާގެ ޓީމަކީ ރާއްޖެގެ ފުޓްބޯޅައިގެ ހަޔާތުގައި ފަސްޓުޑިވިޒަނަށް ވުރެވެސް ދައްޓީމެއް ކަމަށެވެ. އެހެންކަމުން ވިކްޓަރީ ވަރަށް ބޮޑަށް ލަދުގަންނަން ޖެހޭ ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.